Back to results
Closed to bids
Estimated valueNot published
ScoringNot published
Category–
LotsOne lotBid on the whole contract

އައި.ޖީ.އެމް. ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ގްރޭޑް ކޮޕަރ ފިޓިންގްސް އާއި އޮކްސިޖަން އައިޓަމްސްތައް ސަޕްލައިކޮށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

Summary

ބީލަން ހުށަހެޅުމުގެ ދައުވަތު

އިޢުލާން ނަމްބަރ: 137-IU/PR/2026/145 | ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/G-23

ޕްރޮޖެކްޓްގެ ނަން: އައި.ޖީ.އެމް. ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ގްރޭޑް ކޮޕަރ ފިޓިންގްސް އާއި އޮކްސިޖަން އައިޓަމްސްތައް ސަޕްލައިކޮށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އައި.ޖީ.އެމް. ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ގްރޭޑް ކޮޕަރ ފިޓިންގްސް އާއި އޮކްސިޖަން އައިޓަމްސްތައް ސަޕްލައިކޮށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރ 137-IU/PR/2026/49 އިއުލާނުގައިވާ އައިޓަމްތައް މިހޮސްޕިޓަލަށް ސަޕްލައިކޮށްދެވިފައި ނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން މިތަކެތި ހޯދުމަށް މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ސަޕްލައިކުރުމަށް ބޭނުންވާ ތަކެތީގެ ރިކުއާރމެންޓްސް އަދި ބޭނުންވާ އަދަދު މިއިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.

ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް

ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ ތަކެއްޗާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ.

ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަށް ވޮރެންޓީއެއް ދޭންވާނެއެވެ.

އައިޖީއެމް ހޮސްޕިޓަލްއަށް ސަޕްލައިކުރާ މުދަލަކީ އަސްލު (އޮރިޖިނަލް) އައިޓަމްކަން އެނގޭނެ މެނުފެކްޗަރގެ ލިޔުން ހުށަހަޅަންވާނެއެވެ.

ކޯޓޭޝަން ހުށަހަޅާއިރު އިއުލާންގައި ބަޔާންކޮށްފައިވާ އައިޓަމްގެ އަދަދަށް އަގު ހުށަހަޅަންވާނެއެވެ.

ހުރިހާ އައިޓަމަކަށް އަގު ހުށަހަޅަންވާނެއެވެ.

އޮޕްޝަން / އޮފަރ ގެ ގޮތުގައި ހުށަހެޅޭނީ ގިނަވެގެން 02 އޮޕްޝަން / އޮފަރ އެވެ.

ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު) ހުށަހަޅަންވާނެއެވެ.

ސަޕްލައިކުރުމަށް ކޯޓޭޝަންގައި ހުށަހަޅާފައިވާ މުދާ ސަޕްލައިކުރެވޭނެ މުއްދަތު ކޯޓޭޝަންގައި ބަޔާންކުރަންވާނެއެވެ.

މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު މި މުއައްސަސާއަށް ލިބިގެންވެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން

ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ

ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު

އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.

# | ކެޓެގަރީ | މާރކްސް | މާރކްސް ދެވޭ އުސޫލު

1 | އަގު | 100 | އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް

ބީލަން ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައިޖީއެމް ހޮސްޕިޓަލް

އައި.ޖީ.އެމް. ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ގްރޭޑް ކޮޕަރ ފިޓިންގްސް އާއި އޮކްސިޖަން އައިޓަމްސްތައް ސަޕްލައިކޮށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯދުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.

ހުށަހަޅާ އަގު/ކޯޓޭޝަން ފިޔަވާ އެހެން ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ސޮފްޓް ކޮޕީގެ (ޕީޑީއެފް ފައިލް) ގޮތުގައެވެ.

އަގު/ކޯޓޭޝަން ހުށަހަޅަންވާނީ މަތީގައި ބަޔާންކޮށްފައިވާގޮތަށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 12 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 11:00 ގައި އައިޖީއެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

1- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން.

2- ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.

3- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

4- ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ.

ނޯޓު

ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.

https://www.igmh.gov.mv/publications/tenders/

  • 2. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

[email protected]

Buyer

Who is buying this, and what else they have published.

Timeline

  1. Passed: Notice published4 Oct 2026, 13:25
  2. Passed: Bids due12 Oct 2026, 11:00
  3. Today27 Nov 2026